Last Updated: February 5, 09:02
Wednesday, February 5, 2025
ޚަބަރު

ރޯދަ އަށް މަސްދަޅު ބަހަން ތައްޔާރު ވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކުރިއަށް އޮތް ރޯދަ މަހަށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ހަދިޔާކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިފްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ހަދިޔާކުރާނީ 48 ދަޅު ހިމެނޭ މަސް ކޭސް ކަމަށެވެ.

މިފްކޯ އިން ބުނީ ބުނީ އެ މަސައްކަތް ކުރިއަށްގެ ންދަނީ އެސްޓީއޯއާ ގުޅިގެން ކަމަށާއި އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ރޯދަ މަހު ހުރިހާ ގޭބިސީއަކަށް މަސްދަޅު ހަދިޔާކުރައްވާނެކަން ރައީސް އިއުލާން ކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ދާހަގަކުރަން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރި އިރު، ފެނާއި ކަރަންޓް ބިލުތަކުން ޑިސްކައުންޓް ވެސް ދީފައިވެ އެވެ.