ޔޫތު މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މައުލޫމާތާއި ތަމްރީނުތައް ދޭނޭ ފެސިލިޓޭޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ 27 އަށް ވުރެ ގިނަ ދާއިރާއިން ފެސިލިޓޭޓަރުން ހޯދަން ބޭނުންވާ ކަމަށެވެ.
އޭގެ ތެރޭގައި ވިޔަފާރި އާއި އިގުތިސާދު، ހެލްތު، ލައިފް ސްކިލް، ޑިޖިޓަލް ސްކިލް، ސައިބަ ސެކިއުރިޓީ، ފައިނޭންޝަލް ލިޓްރެސީ، ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ، ސީވީ ލިޔަން ދަސްކޮށް ދިނުން، އިންޓަވިއުއަށް ތައްޔާރުކޮށް ދިނުމުގެ އިތުރުން ކެރިއަ ޕްލޭނިން އާއި ލީޑަޝިޕް ސްކިލްސް އަދި ވޮލަންޓިއަރިޒަމް މޯޓިވޭޝަން ހިމެނެ އެވެ.
މީގެ އިތުރުން ވާކް އެތިކްސް، ކަސްޓަމާ ސާވިސް، ކެރިއަ ގައިޑެންސް، ސައިން ލެންގުއޭޖް، ސައިކޮލޮޖިކަލް ފާސްޓް އެއިޑް، ލައިފް ސްކިލް ޓްރެއިނާސް، ޕިއާ އެޑިއުކޭޓާސް، ހެލްތު ޕްރޮފެޝަނަލްސް، ޑައިވިން އަދި ސްނޯކްލިން ސްކިލްސް، ޕްރޮޖެކްޓް ފައިނެންޝިއަލް މެނޭޖްމަންޓް، ބިޒްނަސް ސްޓްރެޓަޖީ އެންޑް އެންޓްރަޕްރިނާޝިޕް، ޕްރޮޖެކްޓް ޕްރޮޕޯސަލް ރައިޓިން ގުޑް ގަވާނަންސް އަދި ސިވިކް އެޑިއުކޭޝަން ދާއިރާ ވެސް ހިމެނެ އެވެ.
އެެހެންވެ މި ދާއިރާތަކުން ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 4000567 އާއި އީމެލް info.yd@youth.gov.mv އިން ހޯދޭނެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ ފެސިލިޓޭޓަރުންނަށް ވާން އެދޭ ފަރާތުގެ ސިޓީ އާއި ދިވެހި އައިޑީ ކާޑުގެ ކޮޕީއެއްގެ އިތުރުން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފެސިލިޓޭޓަރުން މެދުވެރިކޮށް އެކި ދާއިރާތަކުން ބާއްވާ ސެޝަންތައް ކުރިއަށް ގެންދާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލަކާ އެއްގޮތަށެވެ.