Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޑްރަގްސް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ މާލެ، ހ. ކަފުރުތޮޅިގެ، ޢަލީ އަމީން، 32، އެވެ.

އޭނާ ހައްޔަރުކުރީ ފެޑްއެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، މި މަހުގެ 7 ވަނަ ދުވަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގަ އެވެ.
ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަމީން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 213 ގްރާމެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ. އަދި މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.