ދިވެހި އުމްރާވެރިއަކަށް ނިއުމޯނިއާ ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
މިކަން ސޯޝަލް މީޑިއާހައި ހިއްސާކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު ވިދާޅުވީ 85 އަހަރުގެ ފިރިހެން މީހާ އޮތީ މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ.
"އެބޭފުޅާ ގެނައި ގްރޫޕުން އޭނަ އަށް ވަރަށް ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ. "އާއިލާގެ މީހަކު ގާތުގައި މި ވަގުތުގައި ނެތް، ނަމަވެސް އެ ބޭފުޅާގެ ދަރިޔަކު މާދަމާ މައްކާއަށް އެބައާދޭ. އެ ދަރިފުޅާ ވެސް އަޅުގަނޑުވާނެ މިއަދު ވާހަކަ ދައްކާފައި. އިންޝާ ﷲ ގާތުން މިކަންކަން ބަލާނަން."
މިނިސްޓަރު މި ވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގަ އެވެ. އެއީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށެވެ.