ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19-22 ގެ ނިޔަލަށެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން ދޫކޮށްފައިވާ މާސްޓާކާޑް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކާ އެކު އިތުރު ބައިވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތައް:
– ދެ މީހުންނަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓު
– ފައިވް ސްޓާ ހޮޓަލެއްގައި ހުރުން
– އިވެންޓުގެ ވީވީއައިޕީ ސީޓިން
– ހާއްސަ ކަލިނަރީ އަދި އެހެނިހެން އެކްސްޕީރިއެންސްތައް
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.