ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ފުލުހުން އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެ ދެ ރަށުގައި އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން މީގެކުރިން ވަނީ ށ. ކަނޑިތީމުގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އެ ރަށުގައި ވެސް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ބައެއް ގެތަށް ބަލައި ފާސްކޮށްފައިވެ އެވެ.