Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ވީއައިއޭގައި އެފްކޮމް ކާގޯގެ ހިދުމަތް ފަށައިފި

ވެލާނާ އިންޓަނޭޝަން އެއާޕޯޓުން އެފްކޮމް ކާގޯއާ ގުޅިގެން ޗާޓާޑް ޝެޑިއުލްޑް ކާގޯ ހިދުމަތް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ އިންޑިއާގެ ޗެންނާއިން އައި އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓުގައި 20 ޓަނުގެ ކާގޯ ގެނެސްފައިވާ ކަމަށެވެ. މި ކާގޯ އެކްސްޕޯޓްކޮށްފައިވަނީ އެތިހާދު އެއާވޭސްގެ ފްލައިޓެއް މެދުވެރިކޮށެވެ.

އެފްކޮމް ކާގޯ އިން ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އަދި ވީއައިއޭ މެދުވެރިކޮށް ކާގޯ މޫވްމެންޓް ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޮޑެތި އެއާލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތް ވެސް އެފްކޮމް އެއާލައިންސް އިން ކުރަމުންދާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

އެފްކޮމް އެއާ ޓު އެއާ ކާގޯގެ ހިދުމަތަކާއެކު ވީއައިއޭ އިން ދެމުންދާ ކާގޯ ހިދުމަތް ފުޅާވެގެން ގޮސްފައިވާ ކަމަށްވެސް އެމްއޭސީއެލުން ބުނެ އެވެ.