ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްކިރުވާ އަދަދު އިތުރުވެއްޖެ އެވެ.
މިފްކޯގެ ތަފާތު ހިސާބުތަށް ދައްކާގޮތުގައި މިހާރު އެވަރެޖުކޮށް ދުވާލެއްޖެ މައްޗަށް 280 ޓަނުގެ މަސް މިފްކޯއަށް ކިރަ އެވެ. އެގޮތުން ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި 321 މެޓްރިކު ޓަނުގެ މަސް ގަނެފައިވާ ކަމަށް މިފްކޯ އިން މައުލޫމާތުދެ އެވެ.
މިފްކޯގެ ތަންތަނަށް މަސް ގަތް ތަފުސީލު:
– ފެލިވަރު: 50.70 މެޓްރިކް ޓަން
– ކޫއްޑޫ ފިޝަރީޒް: 221.12 މެޓްރިކް ޓަން
– އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް: 48.71 މެޓްރިކް ޓަން
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.