Last Updated: September 19, 05:57
Thursday, September 19, 2024
ޚަބަރު

ފޭދޫގައި ދިރިއުޅޭ ނޭޕާލް މީހަކު އިސްލާމްވެއްޖެ

ފޭދޫގެ ޓްރެވެލް އެޖެންސީގައި މަސައްކަތް ކުރަމުން އަންނަ ނޭޕާލުގެ ޒުވާނަކު މިއަދު އިސްލާމްވެއްޖެއެވެ.

މިއަދު ހުކުރު ނަމާދަށް ފަހު ފޭދޫ ހުކުރު މިސްކިތުގައި މި ޒުވާނާއަށް ޝަހާދަތުގެ ދެކަލިމަ އާއި އޭގެ މާނަ ކިޔާދީފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއެވެ. ބާރީގެ އަޑު ދަށުން އެޒުވާނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި ނޫރުލް އިސްލާމްގެ ފަރާތުން އޭނާއަށް ވަނީ ދީނީ ފޮތްތަކެއް ހަދިޔާކޮށްފައެވެ.

ނޭޕާލްގެ ޒުވާނާ އިސްލާމް ވުމުން އޭނާގެ ނަން ވަރަށް އަވަހަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ކިޔަން ނިންމާފައިވަނީ މީކާއިލްއެވެ.

ފޭދޫ ކުއްޖަކާއި، މިހާރުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ޒުވާނާގެ ކައިވެނި ވަރަށް އަވަހަށް ބާއްވަން އުޅޭކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

މިއީ 1970ގެ ފަހުން އައްޑޫގައި މީހަކު އިސްލާމްވި ފުރަތަމަ ފަހަރެވެ.