Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އަނެއްކާ ވެސް މާލޭގައި ފެންބޮޑުވެ، ފެން ހިއްކަނީ

މާލެ އަށް ބޯކޮށް ވާރޭ ވެހި ބައެެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން ފެން ހިއްކަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، ވެސްޓްޕާކް ސަރަޙައްދުގައި ޕަމްޕު ބޭނުންކޮށްގެން އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ ގޭގައި މިހާރު ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ނާޒުކު 56 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައިވެ އެވެ.

މިއީ މި މަހުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވު ތިން ވަނަ ފަހަރެވެ. އެގޮތުން މި މަހުގެ 3 އާއި 4 ގައި ކުރި ވިއްސާރަ އަކީ އެންމެ ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނު ފަހަރެވެ. އެ ފަހަރު ގޭބިސީތަކަށް ފެންވަދެ ލިބުނު ގެއްލުންތަކުގެ އަދަދު 2.2 މިލިއަނަށް އަރަ އެވެ.