މާލޭގެ ބިމެއް ކޮންނަނިކޮށް ކުރީ ޒަމާނުގައި ބޭނުންކޮށް އުޅުނު ޒާތުގެ އާސާރީ ބޮޑުބަޑިއެއް ފެނިއްޖެ އެވެ.
އެ ބޮޑުބަޑި އިއްޔެ ފެނުނީ ޗާންދަނީ މަގާއި ދަނބު ގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބް ބޭންކުން ބޭނުން ކުރި ބިމެއް ހުރި ތަނުންނެވެ.
ބޮޑުބަޑި މިހާރު ވަނީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ފެނުނު ބޮޑުބަޑި މިހާރު ވަނީ މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
(1/2) pic.twitter.com/kem3IRBspW— National Centre for Cultural Heritage (@HeritageMv) January 12, 2025
މީގެ ކުރިން ވެސް މާލެއިން އިހުގެ ބޮޑުބަޑިއެއް ފެނިފައިވެ އެވެ. އެ ފަހަރު 2022 ގައި ބަޑި ކުރީގެ ނާދީ ހުރި ބިމުންނެވެ.
ބޮޑުބަ ޑިއަކީ ކުރިން މާލޭގެ ސަލާމަތަށް ގެންގުޅުނު ބަޑިތަކެކެވެ. ބަޑިތައް ބަހައްޓާފައި ހުރީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިނާކޮށްފައި ހުރި ބުރުޒުތަކެއްގަ އެވެ. މިފަދަ ބައެއް ބަޑިތައް ދާރުލްއާސާރުގައި ވެސް އެބަހުއްޓެވެ.