Last Updated: February 5, 09:07
Wednesday, February 5, 2025
ޚަބަރު

ކެފޭއަކަށް ދިން ގެއްލުމެއް ބައި ލައްކައަށް އަރާ

މާލޭގެ ކެފޭއަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ހ. ރޯޒެންޑޭލް ޝައިބާން ޒުފުރަތު އިސްމާއިލް ، 28، ކަމަށެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ބުނީ ޝައިބާނާއި އިތުރު ބަޔަކު ވެގެން ކެފޭއަކަށް ވަދެ ބިރު ދައްކައި މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި ވެމްކޯގައި ވަޒީފާ އަދާކުރަމުން އަންނަ ޝައިބާން ކެފޭއަށް ދިން ގެއްލުމުގެ އަގު 50،000ރ. އަރާ ކަމަށް ވެސް ބަންދު އަމުރުގައިވެ އެވެ.

އެ މައްސަލައިގައި އޭނަ ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަހަށް ބަންދުކުރަން އަަމުުރުކޮށްފައިވެ އެވެ.

ދާދި ފަހުން ވެސް ދެ ކެފޭއަކަށް ގެއްލުން ދީގެން ބަޔަކު ހައްޔަރުކުރި އެވެ.