Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

މިދިޔަ އަހަރު 15،514 ވެހިކަލް ޓޯކުރި: ޕޮލިސް

މިދިޔަ އަހަރުގެ ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޭގެ ތެރޭގައި 11،645 ސައިކަލާއި 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކް ހިމެނެ އެވެ. ޓޯކުރި ވެހިކަލްތަކުގެ ތެރެއިން 546 ވެހިކަލް ނައްތާލ އިރު، 13،562 ވެރިފަރާތާ ހަވާލުކުރި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހިންގި ޓްރެފިކް އޮޕަރޭޝަންތަކުގައި 73،953 ވެހިކަލް ޗެކްކޮށް، 7،606 ވެހިކަލަކށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް އަދި ޓޯވިންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޓްރެފިކް މައްސަލަތަކުގައި 66،347 މީހަކަށް ނަސޭހަތް ދީފައިވާ އިރު، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން، ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެ އެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ފާހަގަކުރެވިފައިވާ އިރު އޭގެ ތެރޭގައި ދެ ފުރޮޅުލީ 271 ވެހިކަލާއި ހަތަރު ފުރޮޅުލީ 22 ވެހިކަލް ދުއްވުމުގެ މައްސަލަތައް ހިމެނެ އެވެ.