Last Updated: February 5, 09:47
Wednesday, February 5, 2025
ޚަބަރު

100ރ. ގެ އާ ނޫޓް ތައާރަފު ކުރަނީ

ކުރީގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި އަދި ރުފިޔާގެ ނިޝާން ވެސް ހިމަނައިގެން 100ރ. އާ ނޫޓް ތައާރަފު ކުރަން ނިންމައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އަލަށް ޗާޕްކުރި މި ނޫޓް ތައާރަފުކުރާނީ މި މަހުގެ 19 ގައި ކަމަށެވެ. މި ނޫޓްގައި ރުފިޔާގެ ނިޝާން ނޫޓްގެ ދެ ފަރާތުގައި ހިމަނާފައިވާނެ އެވެ.

މިއީ އެ ނިޝާން ތައާރަފުކުރި ފަހުން ނިޝާނާ އެކީ ދިވެހި ރުފިޔާގެ ނޫޓެއް ތައާރަފުކުރާ ފުރަތަމަ ފަހަރެވެ. އެ ނިޝާން ތައާރަފުކުރީ ޖުލައި 16، 2022 ގަ އެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ "ރަންދިހަ ފަހެއް" ޕޮލިމާ ނޫޓަކީ 2016 ގައި ތައާރަފުކުރި ނޫޓް ސީރީޒެކެވެ، އޭރު ގަވަރުނަރަކަށް ހުންނެވީ މަރިޔަމް އަމީޒާ އެވެ.