Last Updated: February 5, 09:46
Wednesday, February 5, 2025
ޚަބަރު

އައްޑޫގެ ދެ އަވަށަކުން 4 ބިން ދޫކުރަނީ

RemasterDirector_1a5c03258

ވިޔަފާރި އަށް އައްޑޫގެ ދެ އަވަށަކުން ހަތަރު ބިމެއް ކުއްޔަށް ދޭން ކައުންސިލުން ބީލަމަށް ލައިފި އެވެ.

އެތަނުން ބުނީ ކެފޭ/ރެސްޓޯރަންޓް ހިންގަން ފޭދޫން ދެ ބިމާއި މަރަދޫފޭދޫން ދެ ބިން ދޫކުރަން ނިންމާފައިވާތީ އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިންތަކަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލައިފަ އެެވެ.

މި ބިންތަކަށް ކުރިމަތިލާން ބޭނުންާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 23 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ އެ ފަރާތެއްގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރުގެ އިރުން އީ-މެއިލް އެޑްރެސް މި މެއިލް finance@adducity.gov.mv އަށް ފޮނުވައިގެންނެވެ. ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު އިން ސާފު ކުރެވޭނެ އެވެ.

ކައުންސިލުން ބިންތަކަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި ނުވަތަ ޕާޓްނަޝިޕްތަކަށް ކަމަށެވެ.