Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ގިނަ ކުދިން ޤުރުއާން ހިތުދަސްކުރާތީ އުފާކުރަން

ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިން މިހާރު ކީރިތި ޤުރުއާން ހިތުދަސްކުރަމުން އަންނާތީ ވަރަށް އުފާކުުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގެ މި ދައުރު ވެގެން ދާނީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސްކޮށްފައިވާ ދަރީންތަކެއް ނިކުންނަ ދައުރަކަށް ކަމަށެވެ.

"ޒުވާން ޚަޠީބުންނާއި ޒުވާން އިމާމުންނާއި ޒުވާން ޙާފިޒުންނަކީ ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު." ޝަހީމް ވިދާޅުވި އެވެ.

ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޙާފިޒުންނަށް މިހާރު އުމްރާ ދަތުރުތައް ވެސް ދެމުން އަންނަ އިރު، މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގެ 27 ވިލޭރޭ އަކީ ޙާފިޒުންފެ ދަސްވެނިވުން ބާއްވާ ރެއަށް ހަދަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މީގެ އިތުރުން ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ.