Last Updated: January 14, 23:07
Wednesday, January 15, 2025
ޚަބަރު

އެސްޓޯޯނިއާގެ ޑިޖިޓަލް ދަތުރުގެ މައުލޫމާތު ރައީސަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވާ ދަތުރުހެ ތެރެއިން، އެ ގައުމު ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރި ދަތުރާ ގުޅޭ މައުލޫމާތު ރައީސާއި އެ މަނިކުފާނުގެ ޓީމަށް މިއަދު ދީފި އެވެ.

މިކަން އޮތީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުގަ އެވެ.

އެ ސެންޓަރަސް ރައީސް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ސެންޓަރުގެ ހެޑް، ޓްރިން ޔޯސާރެ އާއި އިންޓަނޭޝަނަލް ސާވިސަސް ޑިވިޝަންގެ އެކްޓިން ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރު،ޔޯނަސް ވަންޓޯ އެވެ.

ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާ އިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއް ވެސް ދީފައިވެ އެވެ.

ރައީސްގެ މި ދަތުރަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ