Last Updated: January 15, 15:16
Wednesday, January 15, 2025
ޚަބަރު

އައްޑޫގެ މިސްކިތްތައް ސޯލާކުރަން ބީލަމަށް

ހިތަދޫގެ މިސްކިތެއް. ފޮޓޯ/ އަހުމަދު ފާރިސް.

އައްޑޫގެ މިސްކިތްތައް ސޯލާކުރުމުގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 20 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް މި މެއިލް finance@adducity.gov.mv އަށް ފޮނުވައިގެންނެވެ.

ކައުންސިލުން ބުނީ ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

އައްޑޫގެ މިސްކިތްތައް ސޯލާކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި އިރު، އައްޑޫގެ މިސްކިތްތަކުގެ އަދަދު 70 އާ ގާތްކުރެ އެވެ. އައްޑޫގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.