ޑައިވިން ސްކޫލްތަކެއް ހިންގަން ފުވައްމުލަކުން ބިންތަކެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުން 9 ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށާއި އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޑައިވިން ސްކޫލްތަކަށް ހާއްސަކޮށްގެންް ދޫކުރަން ނިންމާފައި ވަނީ 1،200 އަކަފޫޓްގެ ބިންތަކެވެ.
މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ބިންތަކަށް އެދޭ ފަރާތުުގެ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެހާއި ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް މި މެއިލް procurement@fuvahmulah.gov.mv އަށް ފޮނުވައިގެންނެވެ.
މި ބީލަމަށް ބިޑް ޑޮކިއުމަންޓް ވިއްކަނީ 100 ޑޮލަރަށެވެ. އަދި ބިޑް ޑޮކިއުމަންޓް ވިއްކާނީ ކައުންސިލް އިދާރާ އިން މި މަހުގެ 22 އާއި 23 ގަ އެވެ.
މީ ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް މި މަހުގެ 27 ގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ފުވައްމުލަކުގައި ޑައިވިން ސްކޫލްތައް ހިންގަން ބިންތަކެއް ދޫކުރަން ހުޅުވައިލި ޑައިވިން މަންޒިލެއްގެ ގޮތުގައި ޓޫރިސްޓުންގެ މެދުގައި އެ ސިޓީ މިހާރު ވަރަށް މަގުބޫލެވެ. އަދި އެ ސިޓީ އަކީ މިހާރު ވެސް ޑައިވިން ސްކޫލްތަކެއް ހިންގަމުން އަންނަ ސިޓީއެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ބިންތަކެއް ދޫކުރަން ހުޅުވާލި އެވެ.