ބީޓްރޫޓް (ރަންގުމޫ) އަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. އެގޮތުން އޭގައި ހިމެނޭ ޑައިޓަރީ ނައިޓްރޭޓް ގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ މިންވަރު އިތުރުކޮށްދެ އެވެ. އަދި މި ނޫން ވެސް އެތައް ފައިދާއެއް ބީޓް ރޫޓް ނުވަތަ ރަންގުމޫ އިން ލިބެ އެވެ.
މި ތަރުކާރީ އެކި ގޮތްގޮތަށް އަހަރެމެންގެ ކެއުމުގައި ބޭނުން ކުރެވިދާނެއެ ވެ.
މި ގެނެސްދެނީ ބީޓްރޫޓް ރޮށި ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
* 3 މޭޒުމަތީ ސަމްސާ ބީޓްރޫޓް ޕިއުރީ (އާވިން މަޑުކުރުމަށް ފަހު)
* ދެ އިނގިލިކުރިން ހިފޭވަރުގެ މުގުރި ދިރި
* 6 މޭޒުމަތީ ސަމްސާ ގޮދަންފުށް
* 1/2 ސައިސަމްސާ ޒައިތޫނި ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
ބީޓްރޫޓް ޕިއުރީ، ފުށް، ތެޔޮ އަދި ދިރިކޮޅު އެއްކޮށްލުމަށް ފަހު ރަމގަޅަށް މޮޑެލާނީ އެވެ. ދެން ފުއްގަނޑު މާ ހިކިނަމަ ފެންފޮދެއް އަޅައި، އަދި ފުއްގަނޑު ދިޔާވާނަމަ ކުޑަ ފުއްކޮޅެއް އަޅާލައިލާނި އެވެ.
ރޮށި ފިހުމަށްޓަކައި ގުޅަވަށާލައ، ތުނިކޮން ދެމުމަށް ފަހު ރޮށި ފިހެލާނީ އެވެ.
މި ރެސިޕީގައި ހިމެނޭ ބާވަތްތަކުގައި ހިމެނޭ ފައިދާ:
* ހަކަތަ: 189 ކލ
* ޕްރޮޓީންޅ 5.3 ގ
* ފެޓް: 2.8 ގ
* ޕޮޓޭސިއަމް: 99 މގ
މައުލޫމާުތު: އެގްރކަލްޗަ މިނިސްޓްރީ