ޓިކްޓޮކްގެ އޮޕަރޭޝަންސް ގަންނަން ތައްޔާރަށް ހުރިކަމުގެ އިޝާރާތެއް އެ ގައުމުގެ މަޝްހޫރު ޔޫޓިއުބާ މިސްޓަބީސްޓް ދީފި އެވެ.
އެކްސް ޕޯސްޓްތަކެއްގައި އޭނަ ބުނީ ޓިކްޓޮކް ގަނެފި ނަމަ އެ އެޕް އެމެރިކާގައި މަނާކުރުން ހުއްޓުވި ދާނެ ކަމަށެވެ. އެ ވާހަކަ ހިއްސާކުރުމަށް ފަހު އިތުރު ޕޯސްޓެއްގައި މިސްޓަބީސްޓް ބުނީ އޭނަ ޓިކްޓޮކް ގަންނަން ތައްޔާރަށް ހުރި ވާހަކަ ހިއްސާކުރުމާ އެކު ވަރަށް ގިނަ މިލިއަނަރުން ގުޅާފައިވާ ކަމަށެވެ.
އެހެންވެ މި މުއާމަލާތް އެ މީހުންނަށް ހިންގިދާނެތޯ ބަލަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.
Okay fine, I’ll buy Tik Tok so it doesn’t get banned
— MrBeast (@MrBeast) January 14, 2025
ނަމަވެސް މިސްޓަބީސްޓްގެ އެ ވާހަކައިގެ ރައްދުގައި ބައެއް މީހުން ބުނި އޭނަ އަކީ ޓިކްޓޮކް ގަނެވޭ ފެންވަރުގެ މީހެއް ނޫން ކަމަށެވެ. އެގޮތުން އެ ގަނެވޭ ވަރުުގެ ތަނަވަސްކަމެއް މިސްޓަބީސްޓްގެ އަތުގައި ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބައެއް މީހުން ބުންޏެވެ.
އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަން، 26، ގެ މިލްކިއްޔާތު މިހާރު ބިލިއަން ޑޮލަރަށް އަރާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
Unironically I’ve had so many billionaires reach out to me since I tweeted this, let’s see if we can pull this off 🙌🏻
— MrBeast (@MrBeast) January 14, 2025
ޓިކްޓޮކް ގަތުމުގެ އިޝާރާތެއް މިސްޓަބީސްޓް ދީފައި މި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ޓިކްޓިކް ގަންނަން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށެވެ. އޭނަ އަކީ 2022 ގައި ކުރީގެ "ޓްވިޓާ" 44 ބިލިއަން ޑޮލަރަށް ގަނެ، 2023 ގައި އެ "އެކްސް" އަށް ރިބްރޭންޑްކުރި މަހުޖަނެވެ.
ނަމަވެސް ޓިކްޓޮލުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ވިއްކައި ނުލާނެ ކަމަށެވެ. އަދި ޓިކްޓޮކް ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ހިޔާލީ ވާހަކަތަކެއް ކަމަށް ޗައިނާގެ ބައިޓްޑާންސުން ހިންގާ އެޕުން ބުނެ އެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރުމާ މެދު މި މަހުގެ 19 ގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ އެވެ. އެމެރިކާ އިން ޕްރެޝަރު ކުރަނީ އެ ގައުމުގައި ޓިކްޓޮކް ހިންގާ ނަމަ އެމެރިކާގެ ބަޔަކަށް އޭގެ އޮޕަރޭޝަންސް ވިއްކާލައިގެން ނޫން ގޮތަކަށް ފުރުސަތު ނުދޭށެވެ.
Jimmy you don't have the money to buy a big application like TikTok. https://t.co/RSRM4PUMgU
— Lua & Rodger (@LuaAndRodger) January 14, 2025
އެމެރިކާ އިން ބުނާ ގޮތުގައި ޓިކްޓޮކަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެގޮތުން އެ އެޕް ބޭނުންކުރާ އެ ގައުމުގެ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮޑް، ޗައިނާ ސަރުކާރަށް ޖާޖޫސްކޮށްދޭ ކަމަށް ތުހުމަތުކުރެ އެވެ.
އެމެރިކާގައި ޓިކްޓިކް ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ.