Last Updated: February 5, 09:37
Wednesday, February 5, 2025
ޚަބަރު

ތިނަދޫގައި ކުލީ ބައިސްކަލް ތައާރަފުކޮށްފި

ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން ރަށުތެރެ ބަލާލުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ތިނަދޫގައި ކުއްޔަށް ބައިސްކަލު ދޫކުރަން ސިޓީ ކައުންސިލުން ފަށައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ކައުންސިލުން ފެށި އެ ހިދުމަތަށް މިހާރު ވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބެން ފަށައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ބުނީ އަބަދު ވެސް ބޭނުން ވަނީ އެ ސިޓީ އަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށް ކަމަށެވެ. އަދި އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލުން ބައިސްކަލް ތައާރަފުކުރީ ތިނަދު އަކީ އެކި ބޭނުން ތަކުގައި ގިނަ ބަޔަކު ޒިޔާރަތް ވެސް ކުރާ ތަނަކަށްވާތީ ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން މިހާރު އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލުން ވަނީ ބަނދަރުމަތީގައި ބައިސްކަލް ފެސިލިޓީއެއް ގާއިމުކޮށްފަ އެވެ. އެތަނުގައި މި ވަގުތު ހުރީ 20 ބައިސްކަލެވެ. ކައުންސިލުން ބުނީ އެ ބައިސްކަލުތަކަކި ކައުންސިލްގެ ބެލުމުގެ ދަށުން ވަކި ނިޒާމެއްގެ ތެރެއިން ދޫކުރާނެ އެއްޗެހި ކަމަށެވެ. ކަމަށް ވިދާޅުވި އެވެ.

އެގޮތުން ބަނދަރުމަތީގައި ކައުންސިލްގެ އޮފީހެއް ހަދައި އެތަނުން ބައިސްކަލް ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ދޫކުރާނެ އެވެ. އަދި ބައިސްކަލު ދޫކުރާނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ކުޑަ ކުއްޖެއް ނަމަ ބެލެނެވެރިއެއްގެ ބެލުމުގެ ދަށުން ބައިސްކަލް ދޫކުރާނެ އެވެ.

ދޫކުރާ ބައިސްލަށް އަގު ނަގަނީ ދިވެއްސަސަކަށް ނަމަ ގަޑިއަކަށް އިރަކަށް 3ރ. އަށެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކައުންސިލުން ބުނީ ޑިމާންޑަށް ބަލައި އަންނަ ރޯދަ މަހުގެ ކުރިން ރަށުގެ އެހެން ސަރަހައްދުތަކުގައި ވެސް ބައިސްކަލު ބެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސަމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.