Last Updated: February 5, 09:47
Wednesday, February 5, 2025
ޚަބަރު

އައިކެއާގެ އައްޑޫ އައުޓްލެޓް އެހެން ދިމާލަަކަށް

ކުރިން އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ހިންގި "އައިކެއާ އޮޕްޓިކަލްސް" ގެ އައްޑޫ އައުޓްލެޓް، އާ ހޮސްޕިޓަލް ކައިރި އަށް ބަދަލުކޮށް އަލުން ހުޅުވައިފި އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރީގައި އައުޓްލެޓް ހުޅުވަން އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެތަން ހުޅުވައި ދެއްވީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ. އެ ހަފުލާގައި އޭއީއެޗްގެ ސީއީއޯ ޑރ. އިބްރާހީމް ޔާސިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައިކެއާ އިން ބުނީ އައްޑޫގެ މި އައުލެޓަކީ އައިނު ހެދުމަށް އޮތް ޑިމާންޑަށް ބަލާފައި ހިދުމަތް ދޭން ހުޅުވި ތަނެއް ކަމަށެވެ. އަދި އެތަނުގެ ސަބަބުން އަައިކެއާ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށް ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.

އައިކެއާގެ އޮޕްޓިކަލްސްގެ އައްޑޫގެ މި އައުޓްލެޓް ހުޅުވީ ހާއްސަ އިނާމުތަމެއް ލިބޭ އޮފާތަކަކާ ވެސް އެކީގަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޑިޒައިންތަކުގެ ސްޓައިލިޝް ފްރޭމްތައް އެންމެ 490ރ. އަށް ލިބޭނެ އެވެ. މީގެ އިތުރުން 990ރ. އަށް އަވިއައިނެއް ލިބޭ އިރު، 2،000ރ. އަށް ވުރެ މަތިން ލިބެން ހުންނަ ފްރޭމާއި އަދި އަވިއައިނުން 1،000ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އައިކެއާ އިން ބުނީ މި އޮފާތަކަށް އައިކެއާގެ މެމްބަޝިޕް ޑިސްކައުންޓް ނުލިބުނު ނަމަވެސް ޕްރިސްކްރިޕްޝަން ލެންސައަށް މެމްބަޝިޕް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެގޮތުން ފްރޭމެއް ގަނެގެން އަވިއައިނަކުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.