Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އީސީ އަށް ޒާހިދާއި ސަލާހް އައްޔަން ކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ނަން، މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

އެ ދެ ބޭފުޅުންނަކީ މުހައްމަދު ޒާހިދާއި އަބްދުއްރަހްމާން ސަލާހް ރަޝީދެވެ.

އީސީގެ މެންބަރުކަމަށް އެ ދެ ބޭފުޅުން އައްޔަންކުރުމާ މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ދެ ބޭފުޅުން ވެސް މެންބަރުކަމަށް އައްޔަންކުރަން ވޯޓުގައި ބައިވެރިވެވަޑައިގެން 68 މެންބަރުންގެ އިއްތިފާގުން ފާސްވެފައިވެ އެވެ.
އިތުރަށް ވިދާޅުވުމަށް

އީސީގެ ދެ މަގާމެއް ހުސްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމުންނެވެ.

އީސީ އަށް އައްޔަން ކުރަން ނިންމި ޒާހިދަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސްކަމާއި މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ވެސް ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

ޞަލާހަކީ ކުރިން އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު ވެސް އޭނަ ފުރުއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަކީ ދައުރުން ބޭރުން ބާއްވަން ނިންމި ދެ ޖަލްސާގެ ތެރެއިން ފުރަތަމަ ޖަލްސާ އެވެ. ދެވަނަ ޖަލްސާ އޮންނާނީ މި މަހުގެ 20 ގަ އެވެ.