Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

ތަހުގީގަކަށް ޒުވާން އަންހެނަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޒުވާން އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައި ވަނަވަރު އާންމުކޮށްފި އެވެ.

ހާރިޒުވާން އަންގާފައި ވަނީ ފުވައްމުލައް މިސްކިތްމަގު، މީޓް އައިޝަތު ޝަހުމާ، 27، އެވެ.

ފުލުހުން ބުނީ އޭނަ އަކީ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކު ރެވިފައި ނުވާ މީހެއް ކަމަށެވެ.

އެހެންވެ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ޝަހުމާ ހާޒިރުވާން އަންގާފައިވެ އެވެ.