މިދިޔަ އޮކްޓޯބަރާއި ނޮވެމްބަރު މަހު ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަތަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށާއި ނަމަވެސް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ ޑިޕާޓްމަންޓުން ކަމަށެވެ.
އެޑެކްސެލް އާއި ކެމްބްރިޖް އަދި ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ އެޗްއެސްސީ، ޖުމްލަ 4،293 ދަރިވަރުން ހަދާފައިވެ އެވެ. އެޗްއެސްސީ ޓެސްޓު 1،663 ދަރިވަރުން، އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި 3،842 ދަރިވަރުން ހަދާފައިވެ އެވެެ. ކޭމްބްރިޖް އޭ ލެވެލް އިމްތިހާނުގައި 443 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.