ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް 15 ވެށިފާރަވެރިން ހޯދުމަށް އެ ކޯޕަރޭޝަނުން އިއުލާނު ކޮށްފި އެވެ.
ވެމްކޯ އިން ބުނީ ފެށިފާރަވެރިން ހޯދަނީ އެ ކުންފުނީގެ ހުޅުމާލެ އޮޕަރޭޝަނަށް ކަމަށެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުން ކަމަށް ވެމްކޯގެ އިއުލާނުގައިވެ އެވެ.
ވެށިފާރަވެރިންގެ މުސާރައިގެ ގޮތުގައި 9000 ރުފިޔާ ދޭން ހަމަޖައްސާފައިވާއިރު، ވެމްކޯގެ ވެށިފާރަވެރިއަކަށް ވުމަށް އެދޭ ފޯމު މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.
ވެށިފާރަވެރިއަކަށް ވުމަށް ހުށަހަޅާއިރު، ވަޒީފާއަށް އެދޭ ފޯމުގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ހަތަރު މަސް ހަމަނުވާ ޕޮލިސް ރިޕޯޓު ހުށަހަޅަންޖެހެ އެވެ.