އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަހުމަދު ސަލީމް (މާޒް) އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުރީގެ ސްޓޭޓް މިނިސްޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭ ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުން އަންނަކަ މަށެވެ.
މާޒް ސަލީމަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓެެވެ. އޭނަ އެމްޑީޕީއާ ގުޅިވަޑައިގަތި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އޭނަ ވާދަ ވެސް ކުރެއްވި އެވެ.
މާޒް ސަލީމަށް މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، އޭނަ އަކީ މި ފަހުން ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.