އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ "އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ބައިވެރިވާން އެދި މިހާތަނަށް 76 އެޕްލިކޭޝަން ހުށަހަޅައިފި އެވެ.
މި މައުޒަރުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އިންނެވެ.
މިނިސްޓްރީން ބުނީ ދިވެހިންގެ އުފެއްދުންތެރިކަން ދައްކައިލަން ހާއްސަކޮށްގެން ބާއްވާ މައުރަޒު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 23-31 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކަމަށެވެ.
މި މައުޒަރުގައި ބައިވެރިވާން ބީސީސީން ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެެވެ. އެތަނުން ބުނީ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 67 ފަރާތަކުން 93 ޕްރޮޑަކްޓެއް ހުށައަޅާފައިވާ ކަމަށެވެ.
މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
‘Dhivehi Raajjeyge Ufehdhuntheringe Mauraz, Expo2025,’ scheduled from May 23rd to May 31st. A nationwide event for all including entrepreneurs, the creative economy, art & culture and businesses. pic.twitter.com/1380h3HDcZ
— Ministry of Economic Development and Trade (@MoEDmv) January 16, 2025
މީގެ ކުރިން ވެސް އުފެއްދުންތެރިކަމުގެ މައުރަޒު ރާއްޖޭގައި ބާއްވަމުން އައިސްފައިވެ އެވެ. އެގޮތުން މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.
ބީސީސީން ބުނީ މި އަހަރު ބާއްވާ އުފެއްދުންތެރިކަމުގެ މައުރަޒު ވާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒަށް ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެތަމުން އެދެ އެވެ.