Last Updated: February 5, 16:59
Wednesday, February 5, 2025
ޚަބަރު

އަންހެނުންނަށް ކަރަންޓް ސާމާނާ ގުޅޭ ޕްރޮގްރާމެއް

އާންމުކޮށް ގޭގޭގައި ބޭނުން ކުރާ ކަރަންޓް ސާމާނު ބޭނުން ކުރާނެ ރަނގަޅު ގޮތްތަކާއި އެފަދަ އާލާތްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ރަނގަޅު ކުރާނެ ގޮތް ދަސްކޮށް ފުވައްމުލަކުގެ އަންހެނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ ފެށި "ޑޮމެސްޓިކް އިލެކްޓްރިކަލް އެޕްލައިންސް" ޕްރޮގްރާމް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ

މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި މޯޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ގޭތެރޭގައި ބޭނުން ކުރާ ސާމާނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށް ދޭން ފެނަކަ އިން ވެސް މިހާތަނަށް އެކި ރަށްރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ހިންގާފައިވެ އެވެ.