Last Updated: February 5, 05:45
Wednesday, February 5, 2025
ޚަބަރު

ކަނޑު ގަދަވާނެތީ ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މެންދުރު 12 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ