Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މިއަދު ޔެލޯ އެލާޓް ނެރެފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 1:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މި މަސް ފެށުނު ފަހުން މިހާތަނަށް އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، އުދަ ވެސް އަރައި ގެއްލުންތައްވެފައިވެ އެވެ.

އެހެންވެ ކަމށާބެހޭ އިދާރާތަކުން އަންނަނީ ގެއްލުންތައް ކުޑަކުރަން ދުރާލައި ފިޔަވަޅުތައް އަޅަން އިލްތިމާސްކުރަމުންނެވެ.