މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ހަރަކާތްތައް މި އަހަރު މާލެ އާއި ރާއްޖޭގެ ހަ ރަށެއްގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެގޮތުން "ހުދު ފޮނު" ގެ ނަމުގައި ކުރިޔަށް ގެންދާ ބޮޑީބޯޑިންގެ ހަރަކާތްތައް ރޭވިފައިވާ ގޮތުގެ ކަލަންޑަރު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
އެމްބީބީއޭގެ "ހުދު ފޮނު" ޕްރޮގްރާމްގެ ތާވަލު:
* ފެބުރުއަރީ 6-8 އަށް ށ. ކަނޑިތީމުގައި
* އޭޕްރީލް 17-19 އަށް ނ. ޅޯހީގައި
* މެއި 24 ގައި މާލޭގައި
* ޖޫން 19-21 އަށް ބ. މާޅޮހުގައި
* ޖުލައި 30-31 އަށް ފުވައްމުލަކިުގައި
* ސެޕްޓެމްބަރު 13 ގައި މާލޭގައި
* އޮކްޓޯބަރު 23-25 އަށް ދ. ކުޑަހުވަދޫގައި
* ނޮވެމްބަރު 20-22 އަށް ތ. ހިރިލަންދޫގައި
"ހުދު ފޮނު" މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ޕްރޮގްރާމްގެ އިތުރުން މޯލްޑިވްސް ޕްރޯ-ބޮޑީބޯޑިން ވޯލްޑް ޓުއާ މި އަހަރު ވެސް ބާއްވާނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑީބޯޑިންގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގެ ތެރޭގައި ހިމެނޭ 'ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025" ބާއްވަން ތާވަލުކޮށްފައި ވަނީ މޭ މަހުގެ 25-29 އަށެވެ. ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ "ބޮޑީބޯޑިން ޗެލެންޖް 2025" ބާއްވާނީ އޮގަސްޓް 1-7 އަށެވެ.
"ނެޝަނަލް ބަނޑުފިލާ ޗެލެންޖް 2025" ބާއްވާނީ ސެޕްޓެމްބަރު 14-18 އަށެވެ.