ބ. ކަމަދޫ ވެސް ހިމެނޭ ގޮތަށް ފަސް ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލްތަކަކީ ކަމަދޫ ސްކޫލްގެ އިތުރުން ގއ. އަތޮޅު މަދަރުސާ އާއި ހއ. ވަށަފަރު މަދަރުސާ އާއި ލ. ކުނަހަންދޫ ސްކޫލްގެ އިތުރުން ގއ. ގެމަނަފުށީ ސްކޫލް ކަމަށެވެ.
މި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ.
ރޭންކް 1 ގެ ޕްރިންސިޕަލެއްގެ މުސާރަ އަކީ މަހަކު 16،647ރ. އެވެ. އަދި އެލަވަންސަށް މަހަކު 9،534ރ. އާއި ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސްގެ ގޮތުގައި 258ރ. ރުފިޔާ ލިބޭނެ އެވެ. ރޭންކް 2 ގެ ޕްރިންސިޕަލުންންގެ އަސާސީ މުސާރަ އަކީ 17،985ރ. އެވެ. އަދި އެލަވަންސަށް ގޮތުގައި 10،300ރ. އާއި އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 279ރ. ލިބޭނެ އެވެ.