Last Updated: January 21, 06:49
Tuesday, January 21, 2025
މުނިފޫހިފިލުވުން

އަރުޖުންގެ ބޮލަަށް ސީލިން ވެއްޓިއްޖެ!

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަރުޖުން ކަޕޫރްގެ ފިލްމު "މޭރޭ ހަޒްބަންޑް މީ ބީވީ" ގެ ޝޫޓިންއެއްގެ ތެރޭގައި ބޮލަށް ސީލިން ވެއްޓި ކާސްޓާއި ކްރޫގެ އެކި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ ހިނގީ ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ ރޮމޭންޓިކް ކޮމެޑީގެ ލަވައެއްގެ ޝޫޓިން މުމްބާއީގެ އިމްޕީރަލް ޕެލަސް، ރޯޔަލް ޕާމްސްގައި ޝޫޓްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ އެވެ. ޝޫޓްކުރަން ތިބި ތަނުގެ ސީލިންގުން ބައިތަކެއް އެ މީހުންގެ ވެއްޓުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ.

އެ ހާދިސާ ހިނގި އިރު، "މޭރޭ ހަޒްބަންޑް ކީ ބީވީ" ގެ އެއް ބަތަލާ ކަމަށްވާ ބީމީ ޕިޑްނޭކަރް ވެސް ސެޓްގައި ހުއްޓެވެ. މީގެ އަނެއް ބަތަލާ އަކީ ފިލްމުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ އަންހެނުް ރަކުލް ޕްރީތު ސިންގް އެވެ. ޝޫޓިންގެ ތެރޭގައި ސީލިން ވެއްޓުނު ހާދިސާ ހިނގި އިރު، އޭނަ ސެޓަކު ނެތެވެ.

މި ހާދިސާގައި ކުދި ބައެއް އަނިޔާތައް ލިބުނު މީހުންގެ ތެރޭގައި އަރުޖުން އާއި ޑައިރެކްޓަރު މުދައްސަރާއި ކޮރިއޯގްރާފަރު ވިޖޭ ގަންގޫލީގެ އިތުރުން ސިނަމަޓޯގްރާފަރު ހިމެނެ އެވެ.

ޝޫޓިންގައި ހިނގި ހާދިސާ ވަނީ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އަށް ރިޕޯޓްކޮށްފަ އެވެ. އެތަނުގެ ފަރާތުން ވާހަކަ ދެއްކި އަޝޯކް ޑޫބޭ ބުނީ މިހާތަނަށް ބެލިބެލުމުން ސީލިން ވެއްޓުނީ ޝޫޓިންގެ ތެރޭގައި ސައުންޑް ސިސްޓަމްގެ ވަރުގަދަ ވައިބްރޭޝަންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"މޭރޭ ހަޒްބަންޑް ކީ ބީވީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ގަ އެވެ.