Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އިތުރު ހަ ކުއްޖަކު ބޯންމެރޯ ޓްރާންސްޕާލާންޓް ހަދައިފި

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް ދިޔަ އިތުރު ހަ ކުއްޖަކު ކާމިޔާބު ފަރުވާ އަށް އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބޯންމެރޯ ހަދަން 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޭރަށް ފޮނުވި އެވެ.

ތެލަސީމީއާ ،ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ފޯރުކޮށް ދެނީ ޒަކާތު ފަންޑުންނެވެ. އެގޮތުން އަހަރަކު 10 ކުއްޖަކު އެ ފަންޑުގެ އެހީގައި ބޭރަށް ފޮނުވާ ގޮތަށް ހަމަޖައްސާފައިވެ އެވެ.

ރާއްޖޭގައި މިހާރު ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ވެސް ހަދަން އޮތީ ނިންމައިފަ އެވެ. އެގޮތުން ހުޅުމާލޭގެ ފޭސް ދޭއްގައި އެ ހޮސްޕިޓަލް އަޅަން ހެލްތު މިނިސްޓްރީން މެލޭޝިއާގެ މެޑޯ އޭޝިއާ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.