Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

މާލޭގެ ޖަމިއްޔާތަކާ މިނިސްޓަރު ބައްދަލުކޮށްފި

މާލޭގެ ޖަމިއްޔާތަކާ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ބައްދަލުކުރައްވައިފިއެވެ.

ޒުވާނުންގެ އިތުރުވެހީގައި އިއްޔެ ހަވީރު ބޭއްވި އެ ބައްދަލުވުމުގައި 100 އަށް ވުރެ ގިނަ މަދަނީ ޖަމްއިއްޔާއަކުން ބައިވެރިވި އެވެ.

މިނިސްޓަރު މާލޭގެ ޖަމްއިއްޔާތަކާ ބައްދަލުކުރެއްވިއިރު މަދަނީ ޖަމުއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެގޮތުން މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމިއްޔާތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށް ދިނުމާ އެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

މި ބައްދަލުކުރެއްވުމުގައި މަދަނީ ޖަމްއިއްޔާތަކުން ވަނީ ޖަމްއިއްޔާތަކުން ޕްރޮގުރާމުތައް ހިންގުމަށް ޖާގައެއް ނެތް ކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ އިތުރުވެހިގެ މަސައްކަތް ނިމުމުން އެމައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.