މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް (ޑީބީއެމް) ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަކަށް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭަ ވިދާޅުވީ ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުޖން މިހާރު ކުރަމުން ދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު ވިދާޅުވޮި ގޮތުގައި ޑީބީއެމްގެ ވިޔަފާރި މޮޑެލްގައި އެންމެ ފުރަތަމަ އިސްކަން ދޭނީ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނި މަޝްރޫއުތަކަށެވެ. އޭގެ ފަހުން ރީޓެއިލް ހިދުމަތްތައް ތައާރަފުކޮށް ބަހާލައިގެން މިކަން ކުރުމުގެ އުސޫލެއް ގެންގުޅެނީ އިގުތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ޑީބީއެމް ހުޅުވީ މިދިޔަ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.
1/3 The rollout of the Development Bank of Maldives is structured into three phases, with the first phase – the institutional setup, which is progressing on schedule.
— Mohamed Saeed (@em_saeed) January 19, 2025
ސަރުކާރުން އޭރު ބުނެފައި ވަނީ އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ފަހިވެގެން ދާނެ ކަމަށެވެ.
ޑީބީއެމް ހިންގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދޫކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގަ އެވެ. ލައިސަން ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތުކޮށެވެ.
ޑީބީއެމްގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވީ ބޭރުގެ ދެ ބޭފުޅެކެވެ. އެގޮތުން ސީއީއޯ އަކީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އެވެ. އަދި ޗެއާޕާސަނަކީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.