އަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި ރާއްޖެ އަައި ޓޫރިސްޓުންގެ އަދަދު ލައްކައިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް 117،532 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 106،936 ޓޫރިސްޓުންނެވެ. އެހެންވެ މިއީ 9.9 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކަށް ބަލާ އިރު، މިދިޔަ އަހަރު ދެވަނައިގައި އޮތް ރަޝިއާ އިން 15،077 ޓޫރިސްޓުން އައިސްފައިވާ އިރު، އިޓަލީން 12،560 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 10،621 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ މިހާރު ގަދަ 10 ގެ ލިސްޓްގެ ހަ ވަނައިފަ އެވެ.
މި އަހަރު ރާއްޖޭގެ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.