Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

'ރަށު އެކްސްޕޯ' ބާއްވަނީ

ލޯކަލް ކައުންސިލްތަކާއި ދިވެހިންނަށް އަމާޒުކޮށްގެން "ރަށު އެކްސްޕޯ" ބާއްވަން ނިންމައިފި އެވެ.

މީގެ ފުރަތަމަ އެޑިޝަން އޮންނާނީ އަންނަ މަހުގެ 13-15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ރަށު އެކްސްޕޯ އިންތިޒާމްު ކުރަނީ ޓްރެވެލް ގާއިޒްގެ ފަރާތުންނެވެ.

މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ އެކްސްޕޯއެކެވެ.

"ރަށު އެކްސްޕޯ" ގައި ބައިވެރިވެ އެ ރަށްރަށް ޕްރޮމޯޓްކުރަން ހުރިހާ ރަށަކަށް ދައުވަތު ދީފައިވެ އެވެ. އެހެންވެ އެކްސްޕޯގައި ގާތްގަނޑަކަށް 40-60 އާ ދެމެދުގެ އަދަދަކަށް ރަށްރަށުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ލޯކަލް ޓޫރިޒަމް އަންނަނީ ފުޅާވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ