ގައުމީ ޔުނިވާސިޓީގެ ކޯސްތަކުގެ މަޢުލޠމާތު ފޯރުކޮށް ދޭން ހާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއްގެ ގޮތުގައި "ވަން-ސްޓޮޕް އެޑްމިޝަން" ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާ މެންދުރު ފަހު 1:00 އިން ހަވީރު 4:00 އަށް އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގަ އެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ކެރިއަ ގައިޑެންސް ފޯރުކޮށް ދިނުމާއި، އެ ޔުނިވަސިޓީގެ ކޯސްތަކާ ގުޅޭ މަޢުލުމާތު ހޯދުމުގެ އިތުރުން ވަގުތުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ އެވެ. އަދި އޭ ލެވެލް ނިންމާފައިވާ ޒުވާނުންގެ ތެރެއިން "ވަން-ސްޓޮޕް އެޑްމޮޝަން" އަށް ޒިޔާރާތްކުރާ ޒުވާނުންގެ ނަތީޖާއަށް ބެލުމަށް ފަހު، ޝަރުތު ހަމަވާ ނަމަ އެދޭ ކޯހަށް ހޮވުނުކަމުގެ ލިޔުން ވެސް ވަގުތުން ދޭނެ އެވެ.
އެހެންވެ ވީހާ ވެސް ގިނަ ބަޔަކު މި އިވެންޓަށް ހާޒިރުވާން ޔުނިވަސިޓީން އެދިފައިވެ އެވެ.