Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މެރިން އެކްސްޕޯ އަންނަ މަހު

މި އަހަރުގެ "މޯލްޑިވްސް މެރިން އެކްސްޕޯ" ފެބްރުއަރީ އަންނަ މަހު ބައްވަން ނިންމައިފި އެވެ.

އެކްސްޕޯ ކުރިއަށް ގެންދާނީ އަންނަ މަހުގެ 6-9 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

މީޑިއަމް އިވެންޓްސްއިން އިންތިޒާމުކުރާ "މޯލްޑިވްސް މެރިން އެކްސްޕޯ" ގެ ޕާޓްނަރުންނާއެކު މިހާރު ސޮއިކޮށްފައިވާއިރު، މި އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ.

މިއީ މި އެކްސްޕޯ ބާއްވާ 10 ވަނަ ފަހަރެވެ.

މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ބޯޓިން ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް ގެންދާ އިވެންޓެކެވެ. މި އެކްސްޕޯގައި ބޯޓް ބިލްޑަރުންނާއި މާލީ އަދި އިންޝުއަރެންސް ވިޔަފާރިތަކާއި ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލަޔަރުން ފަދަ ދާއިރާތަކުން ބައިވެރިވެ އެވެ.

އެކްސްޕޯގެ މަގުސަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެ ސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ މަގުފަހިކޮށް ދިނުމެވެ.