Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ސައުދީން ދިން ކަދުރު ބަހަން ފަށައިފި

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު މިއަދު މާލެ ސަރަހައްދަށް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހާނީ މިއަދުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށް ކަމަށެވެ. އެއީ އެ މުއްދަތިތެ ތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށެވެ.

އެހެންވެ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގަ އެވެ.

މިނިސްޓްރީން ބުނީ އަތޮޅުތަކުގައި ކަދުރު ބަހާނީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. ކަދުރު ބަހަން ހަމަޖައްސާފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރުގެ މަގުންނެވެ..

ސައުދީން ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މި އަހަރު ކަދުރު ބަހާ އިރު، ރޯދަވިއްލުންތައް އިންތިޒާމު ކުރާ ޖަމިއްޔާތަކަށް ވެސް ކަދުރު ދޫކުރާނެ ކަމަށެވެ.