Last Updated: January 22, 19:21
Wednesday, January 22, 2025
ދުނިޔެ

ޓްރަމްޕްގެ އަނބިކަނބަލުންގެ ކްރިޕްޓޯއެއް

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހުވާ ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ދަނިކޮށް، އަނބިކަނބަލުން މެލާނިއާ ޓްރަމްޕް، އަމިއްލަ ކްރިޕްޓޯ ކަރަންސީއެއް ލޯންޗް ކުރައްވައިފި އެވެ.

މިކަން މެލާނިއާ އެކްސްގައި ވެސް ހިއްސާ ކުރައްވާފައިވެ އެވެ.

ކޮއިނުގައި ލޯންޗްކުރެއްވީ ދެ ކްރިޕްޓޯއެކެވެ. އެއީ "ޑޮލާ ޓްރަމްޕް" ކްރިޕްޓޯ އާއި "ޑޮލާ މެލާނިއާ" އެވެ. މެލާނިއާ ވިދާޅުވި ގޮތުގައި މި ކްރިޕޯޓް ލޯންޗްކުރެއްވި ބްލޮކްޗެއިން ޕްލެޓްފޯމް، ސޮލާނާއާ ގުޅިގެންނެވެ.

މި ކްރިޕްޓޯގެ ވެބްސައިޓްގައިި ފާހަގަކޮށްފައިވާ ގޮތުގައި "ޑޮލާ ޓްރަމްޕް" ކްރިޕްޓޯ އާއި "ޑޮލާ މެލާނިއާ" އަކީ އިންވެސްޓްމަންޓް ފުރުސަތުތަކާއި މާލީ ރައްކާތެރި ކަމަށް އަމާޒުކޮށްފައިވާ އެއްޗެއް ނޫން ކަމަށެވެ.

ނަމަވެސް ކޮއިންމާކެޓް ކެޕުން ބުނެފައިވާ ގޮތުގައި "ޑޮލާ ޓްރަމްޕް" ގެ މާކެޓް ވެލިއު 12 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި "ޑޮލާ މެލާނިއާ" ގެ މާކެޓް ވެލިއު އަކީ 1.7 ބިލިއަން ޑޮލަރެވެ.