މަކަރާއި ހީލަތުގެ މައްސަލެއްގައި ފުވައްމުލަކުން މީހަކު ހޯދަން އެ ސިޓީގެ ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.
ފޮޓޯތަކަކާ އެކީ ފުލުހުން ބުނީ އެ މީހާ އަކީ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.
އެހެންވެ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.