Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

ހަލީލު އިންޑިއާގެ ސަފީރާ ބައްދަލުކޮށްފި

ރާއްޖޭގައި މިހާރު ހުންނަވާ އިންޑިއާގެ އާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމގައި މިނިސްޓަރު ވަނީ ސަފީރަށް މަރުހަބާ ދަންނަވައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި، އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވައިފަ އެވެ.

‎އެގޮތުން ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށް ދެމިް އަންނަ އެހީތެރި ކަމަށް ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު ވެސް މިނިސްޓަރު އަދާކުރެއްވި އެވެ.

‎އެ ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކައިގައި ދެ ގައުމަށް ފައިދާ ހުރި ކަންތައްތައް ހާސިލުކުރުމަށް ސަރުކާރާ އެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ މިނިސްޓަރު ބައްދަލުކުރެއްވި އިރު، ދާދި ފަހުން މިނިސްޓަރު ހަލީލުު އިންޑިއާ އަށް ރަސްމީ ދަތުރެއް ވެސް ކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ