Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އޭއީއެޗްގެ އެމްބިއުލާންސެއް ނީލަމުގައި ވިއްކާލަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އެމްބިއުލާންސެއް ނީލަމެއްގައި ވިއްކައިލަން ނިންމައިފި އެވެ.

ބާވެފައިވާ އެމްބިއުލާންސް ވިއްކައިލާ ނީލަން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހޮސްޕިޓަލްގަ އެވެ. ވިއްކައިލާ އެމްބިއުލާންސަކީ ބޭނުންކުރާތާ 13 އަހަރުވެފައިވާ އެއްޗެކެވެ.

އޭއީއެޗުން ބުނީ ނީލަމުގައި އެ ވިއްކައިލަން ފެށޭ އަގަކީ 104،000ރ. ކަމަށެވެ. އަދި އަގަށް އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ 500ރ. ކަމަށެވެ.

އެމްބިއުލާންސްގެ އިތުރުން ނީލަމުގައި ވޭނެއް ވެސް ވިއްކައިލަން ހަމަޖެހިފައިވެ އެވެ. އޭގެ ފެށޭ އަގަކީ 40،600ރ. އެވެ. އަދި އަގަށް އިިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ 500.ރ. އެވެ.

އޭއީއެޗުން ބުނީ ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން އެއް ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ ހޮސްޕިޓަލުގެ މައި އޯޕީޑީ ކައުންޓަރަށް ދެއްކުމަށް ފަހު، ބަންދު ނޫން ދެ ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ޖެހޭނެ ކަމަށެވެ. އަދި ދޭ މުއްދަތުގެ ތެރޭގައި ވެހިކަލްތައް ނުގެންދާ ނަމަ އަލުން ނީލަމުގައި ވިއްކައިލެވޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ނީލަން ކާމިޔާބު ކުރުމަށް ފަހު ތަކެތި ނުގެންދާ ފަރާތްތަކަށް އޭއީއެޗުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ ހަ މަސް ފަހުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.