Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ފޭދޫން ނަމާދު ޕްރޮގްރާމަކަށް ހުޅުވާލައިފި

ފޭދޫގައި މިދިޔަ އަހަރު ބޭއްވި ނަމާދު ޕްރޮގްރާމެއްގެ ތެރެއިން.

"ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ގެ ނަމުގައި އައްޑޫ ފޭދޫ އަވަށު އޮފީހުން ނަމާދު ކުރަން ދަސްކޮށް ދޭން ހާއްސަ ޕްރޮގްރާމެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގަން ޕޮލިސް ސްޓޭޝަނާ ގުޅިގެންނެވެ. ނަމާދު ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 7 އަހަރުން މަތީގެ ދެ ޖިންސްގެ ކުދިންނަށެވެ.

އަވަށު އޮފީހުން ބުނީ "ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ޕްރޮގްރާމްގައި ކުދިން ބައިވެރިކުރަން އެދެމުންދާތީ އާއި ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ

މި ލިންކް https://forms.gle/KR6MxhXkin8xdBmb7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ފޭދޫ އަވަށު އޮފީހުން ޒުވާން މުދިމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.