ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ރަސްމީ ދަތުރުތައް ހުއްޓާލަން ރައީސް އޮފީހުން އަންގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.
އެކަން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް މިނިސްޓްރީގެ އޮފިޝަލުންތަކަކާ ވެސް ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް މިނިސްޓަރުގެ ރަސްމީ ދަތުރުތައް ހުއްޓާލަން އެންގި ސަބަބެއް ރައީސް އޮފީހުން ނާންގާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މިކަމާ ގުޅޭ މިނިސްޓަރާއި ރައީސް އޮފީހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓަރަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ރާއްޖެ އިން ބޭރުގައި ހިންގަމުން އަންނަ ހަރަކާތްތަކުގައި ވަރަށް ގިނައިން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.
ފައިސަލަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުޑ ގެ ދަރިކަލެކެވެ. މި ފަހުން އަޑު އަރާފައިވާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަރަށް އަރިސްކޮށް އުޅުއްވި އަބްދުއްރަހީމާއި ރައީސްގެ ގުޅުން މިހާރު އެހާ ރަނގަޅެއް ނޫނެވެ.