އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް 3-1 އިން ބަލިކޮށް، ލީގުގެ ހަތަރަކަށް ޗެލްސީ އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 22 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް އަދި ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. އާސެނަލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި 21 މެޗުން 40 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
މިއީ ފަސް މެޗަށް ފަހު ލީގުގައި ޗެލްސީން ހޯދި ފުރަތަމަ މޮޅެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓްގައި ޓޮސިން އަޑޮރަބިޔޯ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މާކް ޑޮހަޓީ ވަނީ ވުލްވްސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީން ވަނީ ކައިރި ކައިރީގައި ދެ ގޯލު ކާމިޔާބުކޮށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި މާކް ކުކުރެލާ ކާމިޔާބު ކުރިއިރު، އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ނޮނީ މަޑުއޭކޭ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެވެ.